logo
Bank of Maldives

Bank of Maldives

ޚަބަރު

އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސް

ޒިދާން މުޙައްމަދު
11 ޑިސެމްބަރު 2025 - 03:44
މާލެއަށް ކުރި ވިއްސާރައިގައި، މާފަންނުގައި ފެން ބޮޑުވެފައި -- ފޮޓޯ: މިހާރު
މާލެއަށް ކުރި ވިއްސާރައިގައި، މާފަންނުގައި ފެން ބޮޑުވެފައި -- ފޮޓޯ: މިހާރު

އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާ - މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް، މެޓް އޮފީހުން ބުނީ، ދުވާލުގެ ވަގުތުތަކުގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ނަމަވެސް މިރެއާއި މާދަމާ ކެރީގެ އަސަރު ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނީ އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މިއަދަކީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތުގެ ދެވަނަ ދުވަހެވެ. އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

މުލަ ނަކަތް ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 10 ދުވަސް ކުރިންކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓްޚަބަރު | 25 ދުވަސް ކުރިންއިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓްޚަބަރު | މަހެއް ކުރިންކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެޚަބަރު | މަހެއް ކުރިން