އަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
15 ޑިސެމްބަރު 2025 - 04:35

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،106،122 އަށް އަރާފައެވެ. މިއީ މިދޮޔަ އަހަރާ އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:

Ad by Hajj Corporation
* ޗައިނާ: 320،721 ފަތުރުވެރިން
* ރަޝިއާ: 263،172 ފަތުރުވެރިން
* އިނގިރޭސިވިލާތް: 189،513 ފަތުރުވެރިން
* ޖަރުމަނުވިލާތް: 158،585 ފަތުރުވެރިން
* އިޓަލީވިލާތް: 137،188 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން ޒިޔާރަތްކުރާއިރު މިއަހަރު 2 މިލިޔަން ފަތުރުވެރިންވަނީ ހަމަވެފައެވެ.


