logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އިސްމާޢިލް ރާތިޢު
12 ޑިސެމްބަރު 2025 - 05:06
ސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ނުވަވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމު ކަމަށްވާ ސްޕެއިނުން، ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފިއެވެ.


ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާތަނަށް 2،080،134 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. އެ ގައުމުން ރާއްޖެއަށް 51،988 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ސްޕެއިންއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. މި އަހަރުގެ އިތުރުން، މިދިޔަ އަހަރު ނިމުނުއިރުވެސް ސްޕެއިން ހިމެނިފައި އޮތީ ރާއްޖެއަށް ނުވަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުގެ ގޮތުގައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،453 ފަތުރުވެރިން އާދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެގޮތުން، ޗައިނާއިން 318،032 ފަތުރުވެރިން، ރަޝިއާއިން 260،416 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން  186،762 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 5 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 8 ދުވަސް ކުރިންކ. އަތޮޅަށް އެކަނިވެސް 166،867 ފަތުރުވެރިން!ޚަބަރު | 22 ދުވަސް ކުރިންވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާ ރާއްޖޭގައި ބާއްވަނީޚަބަރު | މަހެއް ކުރިން