logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށި ސިޓީން ބިމެއް ދޫކޮށްފި

އާމިނަތު ޝަފާ
15 ޑިސެމްބަރު 2025 - 05:44
ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށި ސިޓީން ބިމެއް ދޫކޮށްފި

ގައުމީ ބޭންކް- ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށި ސިޓީން ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މި ބިން ބޭންކަށް ދޫކޮށްފައިވަނީ ބޭންކުގެ ބިޒްނަސް ސެންޓަރެއް ޤާއިމުކުރުމަށްޓަކައި 10 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސިޓީގެ ބަނޑާރަހިޔާ ސަރަހައްދުން ދޫކުރި ބިމުގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. މި ބިމުގެ ކުއްޔަކީ މަހަކަށް 5000 ރުފިޔާއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާހު ގެނެވުނު ފަހުން ބިންގާ އަޅާފައިވާ މި ބިޒްނަސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި ވަނީ، އެ އިޞްލާހާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ހުއްދަ ލިބުމުންކަމަށެވެ.

މި ބިމުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު 60،000 ރުފިޔާ އަދި 10 އަހަރުން 600،000 ރުފިޔާ ލިބޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސްއިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފިވިޔަފާރި | މަހެއް ކުރިންފްލެޓުތައް އަޅަން ދިވެހި ކުންފުނިތަކާވެސް ހަވާލުކުރާނެ، އަންނަ މަހު 3000އަށްވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާނެ: ބީއެމްއެލްޚަބަރު | މަހެއް ކުރިންގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރއަށް ބީއެމްއެލް ހަމަޖައްސައިފިވިޔަފާރި | މަހެއް ކުރިންބީއެމްއެލްގެ 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން ފަށައިފިޚަބަރު | މަހެއް ކުރިން