logo
Bank of Maldives

Bank of Maldives

ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއް: ނައިބުރައީސް

ޒިދާން މުޙައްމަދު
15 ޑިސެމްބަރު 2025 - 16:11
ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއް: ނައިބުރައީސް

ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)ގެ، 77ވަނަ އުފަންދުވަހާ ގުޅިގެން ރާއްޖޭގައި، ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަދައްކަވަމުންނެވެ. މި ހަފުލާގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާ އާއި ވަޒީރު އަދި ބައެއް ޤައިމުތަކުގެ ސަފިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބުރައީސް ވިދާޅުވީ ޤައުމުތަކުގެ ގުޅުންބަދަހިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއްކަމަށެވެ.

އެގޮތުން ރާއްޖެއަށް ބަލާއިރުވެސް ތިމާވޭށީގެ ދާއިރާއާއި، ސަޤާފަތާއި ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައްފަދަ، ރާއްޖެއަށް ވަރަށް މުހިންމު ދާއިރާތަކަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ރާއްޖެއާއި އިނގިރޭސިވިލުގެ ޚާރިޖީ ގުޅުމަށް 60 އަހަރުފުރުން މިއަހަރު ފާހަދަކުރަމުންދާއިރު، މި ވޭތުވެދިޔަ ދެ އަރަރުވެސް މި ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކާއި، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގިނަ އެއްބެސްވުންތަކަކަށް އާދެވުނުކަމަށެވެ. އަދި 27ވަނަ ކޮމަންވެލްތް ހެޑްސް އޮފް ގަވަމަންޓްސްގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ނައިބުރައީސްގެ ޙައިސިއްޔަތުން، އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުމަކީވެސް އުފާކުރެއްވިކަމެއްކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތުގެ ރަސްގެފާނަކީ، ޤައުމުތަކުގެ އެއްބައިވަންތަކަމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ލީޑަރެއްކަން ފާހަގަކުރައްވައި ނައިބުރައީސް ވަނީ ކުރިމަގުގައިވެސް ފައިދާހުރި ގިނަ ދާއިރާތަކަކުން، ދެ ޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންއިދިކޮޅުގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެ: ނައިބު ރައީސްޚަބަރު | 2 މަސް ކުރިންޑޮމެސްޓިކް ޚިދުމަތްތައް ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސްޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު އިފުތިތާހުކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިން