logo
Bank of Maldives

Bank of Maldives

ޚަބަރު

އިދިކޮޅުގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެ: ނައިބު ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 މާރިޗު 2026 - 03:30
އިދިކޮޅުގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެ: ނައިބު ރައީސް

އިދިކޮޅު ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، އެބޭފުޅުން މަސައްކަތް ކުރައްވާނީ ސަރުކާރާ ދެކޮޅަށް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބު ރައީސް ވިދާޅުވީ މިހާތަނަށް ފެނިވަޑައިގެންނެވި މަންޒަރުތަކަށް ބަލާއިރު، އިދިކޮޅު ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ ސީދާ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާނެކަން ޔަގީންވާ ކަމަށެވެ.

 "އެހެންވީމަ މީގެއިން ވެސް އެބަދޭހަވޭ އަޅިގަނޑުމެންނަށް އެބަ ޔަގީންވޭ އެއިން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ސީދާ އިދިކޮޅަށްކަން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ސިޔާސީ އުސޫލުތަކަށް ފާޑުވިދާޅުވަމުން ހުސެއިން ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް އިދިކޮޅުގެ ވެރިކަމުގައި ވަކާލާތު ކުރި ނަމަވެސް، މިހާރު އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އެފަދަ ބަޔަކަށް އިންތިހާބުގައި ފުރުސަތު ދީފި ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވިދާނެތޯ ރައްޔިތުން މިއަދު ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކުރަންޖެހޭ ކަމެއް ނަމަވެސް، އިދިކޮޅުން އެކަން ކުރާ ގޮތާ މެދު ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ ހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ގޮތުން ނިންމަވާ ނިންމެވުންތަކަށް އިދިކޮޅުން ކުރަނީ "ޖެއްސުން" ކަމަށެވެ.

މީގެ މިސާލެއްގެ ގޮތުން ނައިބު ރައީސް ދެއްކެވީ، އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅޭތީ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން އުޅޭ އުޅުމެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި މިފަދަ ކަންކަމަކީ ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ކުރާ ކަންކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 19 މިނިޓު ކުރިންމޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، ޕީއެންސީ އަކީ ބިނާކުރުވަނިވި ފިކުރު: ރައީސްޚަބަރު | 3 ދުވަސް ކުރިން