logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީ

އަޙުމަދު ރިޝާން
6 އޯގަސްޓު 2026 - 17:11
ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ވާދަކުރައްވަން ނިންމަވާ އިއުލާން ކުރައްވައިފި އެވެ.

ނިމާލު މިކަން އިއުލާން ކުރެއްވެވީ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގަ އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިޔަށްދިޔައިރު، ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނަވައިން އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ގޮންޖެހުންތަކާ އެކު ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވެވި ކަމަށް ނިމާލު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާޓީ ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، އަމާޒަކީ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްމަދު މުއިއްޒު ކުރަވަމުން ގެންދެވާ މަސައްކަތްޕުޅުގައި ޕާޓީގެ ފަރާތުންނާއި ފަރުދީ ގޮތުން ދެވެން އޮތް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ނިމާލު ވިދާޅުވި އެވެ.

ނިމާލުގެ އިތުރުން މި މަގާމަށް އިތުރު ހަ ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށް އިއުލާން ކުރައްވަވާފަ އެވެ. އެ ހަބޭފުޅުންނަކީ ރައީސް އޮފީހުގެ  ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް، މުންދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އެވެ. މީގެ ތެރެއިން ސައުދާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ. އަދި އަސްމާ އަކީ މުންދުގެ މަންމަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްލަ ހަތް ނައިބު ރައީސުން ތިއްބަވާނެއެވެ. ޕާޓީ ވެރިކަމުގައި އޮންނައިރު، އޭގެ ތެރެއިން އެއް މަގާމު ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ނައިބު ރައީސަށެވެ. އެހެންކަމުން މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް އެ މަގާމު އޮޓަމެޓިކުން ލިބިވަޑައިގަންނަވާނެއެވެ.

ޕީއެންސީން ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. އެޕާޓީގެ މުހިއްމު މަގާމުތަކަށް މި ކޮންގްރޭސްގައި ބޭފުޅުން ހޮވުމަށް ނިންމާފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | ގަޑިއިރެއް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 7 ގަޑިއިރު ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 9 ދުވަސް ކުރިން