logo
MPL

MPL

ޚަބަރު

އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރއީސް

އަޙުމަދު ރިޝާން
15 އޯގަސްޓު 2026 - 12:08
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވަރަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފި އެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެއްސުރެ ވަރަށް ގާތް އަދި ބަދަހި ރަހުމަތްތެރިކަމެއް ދަމަހައްޓަމުން އަންނަ ދެ ގައުމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމާއި، ބާއްޖަވެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހަކީ، 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސްކަމަށްވާއިރު، މިއީ އެ ގައުމުގެ ރައްޔިތުން ފަހުރުވެރިކަމާއެކު ފާހަގަކުރާ ދުވަހެކެވެ. މި ފަދަ މުހިންމު ދުވަހެއްގެ ހަނދާން އައުކުރަމުންދާއިރު، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާނީ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ދިވެހިރާއްޖެއަށް ވަޑައިގެންފައެވެ. މިފަދަ މަތީ ފެންވަރުގެ ރަސްމީ ބައްދަލުވުންތަކާއި ދަތުރުފުޅުތަކުގެ ތެރެއިން ދެ ގައުމުގެ މަސްލަހަތު ކަންކަމާއި، ދެ ގައުމަށްވެސް ފައިދާކުރަނިވި މުހިންމު އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދީ، ސަރަހައްދީ ސުލްހައާއި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރއީސްޚަބަރު | ގަޑިއިރެއް ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސްޚަބަރު | މަހެއް ކުރިންމޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 2 މަސް ކުރިން