ރައީސް ވިޔަފާރިވެރިންނާއެކު ބާއްވަވާ ފުރަތަމަ ބައްދަލުވުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް
16 ޑިސެމްބަރު 2025 - 11:17
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ފައްޓަވަން ނިންމަވައިފިއެވެ.

Ad by Hajj Corporation
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޚާއްޞަކުރެވިފައިވަނީ ޤައުމީ އިޤްތިޞާދުގެ މުހިންމު ބަޔަކު ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް (އެސް.އެމް.އީ) އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވަނީ ސިލްސިލާ ބައްދަލުކުރެއްވުންތަކެކެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްޞަ މި ފުރަތަމަ ބައްދަލުކުރެއްވުން އޮންނާނީ 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ތަރުޖަމާނު ހީނާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވުމަށް ހުރިހާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.
މީގެ އިތުރުން ރައީސް މިރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރަށްވާނެއެވެ. ރައީސް ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ 216 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ޢިމާދުއްދީން ސްކޫލްގައެވެ.


