logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ މަޖިލީހާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
17 ޑިސެމްބަރު 2025 - 10:40
ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނު މަޖިލީހާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި އެވެ.

މި އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވީ، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤް މިއަދު ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި، ރާއްޖޭގެ ތަޢުލީމާއި ސިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ.

އަދި، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި އެމް.އޯ.ޔޫގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނު މަޖިލީހާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޒަކާތުގެ ބިލު، މަޖިލީހުން ފާސްކޮށްފިޚަބަރު | 14 ދުވަސް ކުރިން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ޚަބަރު | 14 ދުވަސް ކުރިންމަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް އިސްލާހުކުރަން ފާސްކޮށްފިޚަބަރު | 14 ދުވަސް ކުރިން