ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވަނީ
17 ޑިސެމްބަރު 2025 - 11:18

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕަސިންޖަރު ޓާމިނަލް - ޓާމިނަލް 1 ގެ ސީޕްލޭން ކައުންޓަރުތައް ހުޅުވަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް- އެމްއޭސީއެލްއިން ބުނީ ޓަރމިނަލް 1ގެ ސީޕްލޭން ކައުންޓަރުތައް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ފަސެންޖަރުންނަށް ހިދުމަތްދިނުމުގެ ފުރިހަމަ އުސޫލުތަކާއި އޮޕަރޭޝަންތައް ހިންގާ ނިޒާމުތައް ދިރާސާކޮށް އެކަށީގެންވާ ނިޒާމެއްކަން ކަށަވަރުކުރުމަށް ޓެސްޓް ބުރެއް ބާއްވާފައިވާކަމަށެވެ.

Ad by Hajj Corporation

އޮޕަރޭޝަންތައް ހިންގާ ނިޒާމާ އަހުލުވެރިކުރުވުމުގެ މަގްސަދުގަ މި ޓެސްޓުބުރު ބާއްވާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ފްލައިމީއާއެކުގައިކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.
ޓާމިނަލް 1 އިން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.


