logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފި

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 11:41
ވީއައިއޭގެ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފި

 ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސިންގަޕޫރުގެ ގައުމީ އެއާލައިން, ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު އާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް,  SQ432އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. މިއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރެވެ.

ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 28 މާރިޗް 1984 ގައެވެ.

ސިންގަޕޯ އެއާލައިންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންޑިސްކަވަރ އެއަރލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތަށް ފަށައިފިޚަބަރު | 3 ދުވަސް ކުރިންހުޅުމާލެ ފޭސް 3 ހިއްކުމުގެ 47.6 އިންސައްތަ މަސައްކަތް ނިންމާލައިފި ޚަބަރު | 4 ދުވަސް ކުރިންއެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމްކުރި ''ހުނަރު ވެހި''އިން ހިންގި ކޯސްތަކުގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފިޚަބަރު | 13 ދުވަސް ކުރިން