logo
MPL

MPL

ޚަބަރު

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި

އިސްމާޢިލް ރާތިޢު
7 އޭޕްރީލު 2026 - 04:52
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި

ތ. ވޭމަންޑޫ ފަޅުން 27 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު، 23 ދުވަސް ތެރޭ ނިންމާލައިފިއެވެ.

މި މަސައްކަތް ހަވާލުކުރި ކުންފުނި، މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން މައުލޫމާތުދިން ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ޓްރެއިލިންގ ސަކްޝަން ޑްރެޖަރެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ބޭނުންކޮށްގެނެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭސީއެލް އިން މި މަސައްކަތް ފަށާފައިވަނީ، މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވުން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ، މި މަޝްރޫއަށް ހޭދަވި މުއްދަތާއި، މަޝްރޫއުގެ ތެރެއިން ހިއްކިފައިވާ ބިމުގެ މިންވަރު ހިއްސާކުރައްވާފައެވެ.

 

View post on Twitter

 

ތ. ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

މި މަސައްކަތަކީ، ގައުމުގެ ތަރައްގީއަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތަކަށް ވާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިން