logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިސްކަވަރ އެއަރލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތަށް ފަށައިފި

އައިޝަތު ނަޝާ
14 ޑިސެމްބަރު 2025 - 07:34
ޑިސްކަވަރ އެއަރލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތަށް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޑިސްކަަވަރ އެއަރލައިންގައި ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

ރާއްޖެއަށް ޑިސްކަވަރ އެއަރލައިންގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއަރލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެފައިވަނީ، ޑިސްކަވަރ އެއަރލައިސްއިން މާލެއާއި ފްރޭކްފާޓާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑިސްކަވަރ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ، އެކި ދުވަސްވަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

ޑިސްކަވަރ އެއަރލައިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ވީއައިއޭގެ އައު ޓާމިނަލުންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ، މި ޓަރމިނަލަށް ބަދަލު ކުރަމުންނެވެ.

އިނގިރޭސިވިލާތަކީ، ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ޤައުމަކަށްވާތީ، ޑިސްކަވަރ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމުން މިސިނާޢަތަށް އިތުރަށް ފައިދާތަކެއް ވާނެއެވެ. އިނގިރޭސިވިލާތަކީ، 3 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެޤައުމުން 181،300 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއަށް ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 14 ދުވަސް ކުރިންރަސްމާލެ ސައިޓް އޭ: 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރު ހިއްކައިފިޚަބަރު | 19 ދުވަސް ކުރިންފޭސް 3ގެ 49 ހެކްޓަރު ބިން ހިއްކާ ނިމިއްޖެޚަބަރު | 21 ދުވަސް ކުރިން