logo
Bank of Maldives

Bank of Maldives

ޚަބަރު

ޤަޠަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރާއި ބޮޑުވަޒީރަށް ރައީސް ފޮނުއްވައިފި

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 04:31
ޤަޠަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރާއި ބޮޑުވަޒީރަށް ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބުތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤަޠަރަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުކުރެވޭ، ގާތް އެކުވެރިއެއްގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް ކަމަށެވެ. ޤަޠަރުގެ ދީލަތި އެހީގެ ސަބަބުން ރާއްޖެއަށް އޭގެ އަގު އަދާނުކުރެވޭހައި ގިނަ މަންފާ ލިބިފައިވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

ރައީސްގެ ޕޯސްޓުގައި ވަނީ، ޤަޠަރުގެ އަމީރުގެ އިތުރުން ބޮޑުވަޒީރަށާއި އެޤައުމުގެ ލޮބުވެތި، އަޚުވަންތަ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަސް ޤަޠަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ، 1878 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު، ޖާސިމް ބިން މުޙައްމަދު އަލް-ޘާނީ އެޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތް ދުވަހުގެ މުނާޞަބަތުގައެވެ. ޤަޠަރުގެ ރައްޔިތުން އެއްބައިވަންތަ ކުރައްވާ، އިނގިރޭސީން ފަދަ އިސްތިޢުމާރީން ޤަޠަރުން ނެރެލެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވިކަމަށް ބެލެވެނީ އެމަނިކުފާނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޤަޠަރުގެ އަމީރު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންރައީސް އަބަދުވެސް ރައްޔިތުންނާ ގާތުގައި، ‘’ރައްޔިތުންގެ އަޑު’’ ފުރަތަމަ ބައްދަލުވުމުގައި ނަން ނޯޓު ކުރަން ހުޅުވާލައިފިޚަބަރު | 20 ގަޑިއިރު ކުރިންޤަޠަރުގެ ކުރީގެ އަމީރު، އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިން