logo
Bank of Maldives

Bank of Maldives

ވިޔަފާރި

ނޯތު ހާބަރު ސަރަހައްދުގެ މަގު ފުޅާކޮށް، މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 09:52
ނޯތު ހާބަރު ސަރަހައްދު
ނޯތު ހާބަރު ސަރަހައްދު

މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރ ސަރަހައްދުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް- އެމްޕީއެލުން ބުނެފިއެވެ.

މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެމްޕީއެލްއިން ބުނީ 03 މަސް ދުވަހުގެ މުއްދަތަކަށް މި މަސައްކތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް އެމްޕީއެލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 0:00ގެ ނިޔަލަށް ނެގުމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.

އެމްޕީއެލްއިން ބުނީ މި ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން މި ކުންފުނިން މި ދަނީ މަސައްކަތްކުރަމުންދާކަމަށެވެ.

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްޜޫޢު ކުރިއަށް ގެންދިއުމަށް މި ސަރަހައްދު ހުސްކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތައް އެއްބާރުލުން ދެއްވުމަށާއި އަދި މި މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްއް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯތު ހާބަރު ސަރަހައްދުގެ މަގު ފުޅާކޮށް، މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ ވިޔަފާރި | 11 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތަށް، ލޯކަލް މާކެޓުގެ ހުޅަނގަށް ހުރި ކަނޑު އުޅަނދުތައް ނެގުމަށް އެދިއްޖެޚަބަރު | 14 ގަޑިއިރު ކުރިންބާޒާރުމަތީ ބަނދަރު ސަރަޙައްދުން އުޅަނދުތައް ނެގުމަށް އަންގައިފިޚަބަރު | 4 ދުވަސް ކުރިންއިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ބަނދަރުކޮށްފިޚަބަރު | މަހެއް ކުރިން