logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތަށް، ލޯކަލް މާކެޓުގެ ހުޅަނގަށް ހުރި ކަނޑު އުޅަނދުތައް ނެގުމަށް އެދިއްޖެ

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 06:57
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތަށް، ލޯކަލް މާކެޓުގެ ހުޅަނގަށް ހުރި ކަނޑު އުޅަނދުތައް ނެގުމަށް އެދިއްޖެ

މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 20 ޑިސެމްބަރު 2025 ގައި މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، ލޯކަލް މާކެޓުގެ ހުޅަނގަށް 100 މީޓަރުގެ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް އެދިއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ތިން ސެގްމަންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތަށް މި ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް، 19 ޑިސެމްބަރުގެ 0:00 އަށް ނެގުމަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނި ފަހަރަށް ވަގުތީގޮތިން އެހެން ސަރަހައްދުތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

އެމްޕީއެލް އިން ވަނީ މިކަމަށް އެއްބާރުލުންދިނުން އެދި، މަސައްކަތް ކުރިއަށްދާ މުއްދަތުގައި އޮޑިދޯނި ފަހަރަށް ދަތިނުވާނެ ގޮތަށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ބޮޑުތަކުރުފާނު މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާ، އާންމު ދަތުރުފަތުރުތަކަށް ހުޅުވާލާފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓުގައި 140 މީޓަރުގެ ސަރަހައްދުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވެއެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށްޚަބަރު | 3 ދުވަސް ކުރިންއެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 11 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 12 ދުވަސް ކުރިން