logo
Bank of Maldives

Bank of Maldives

ޚަބަރު

ވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީ

އަޙުމަދު ރިޝާން
28 ޖޫން 2026 - 04:57
ކޮންޓެއިނަރުތަކެއް ބަރުކޮށްގެން ބޯޓެއް ދަތުރުކުރަނީ، މޫސުމް ގޯސްވެ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރޭ
ކޮންޓެއިނަރުތަކެއް ބަރުކޮށްގެން ބޯޓެއް ދަތުރުކުރަނީ، މޫސުމް ގޯސްވެ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރޭ

ވެސްޓް ޕާކް ސަރަޙައްދާ ދިމާލުން ދަތުރުކުރި ބާޖަކުން، ކޮންޓެއިނަރުތަކެއް މޫދަށް ވެއްޓިފައިވާތީ އެ ސަރަހައްދުން ދަތުރު ކުރާފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއާ ޕޮލިހުން އެދިފި އެވެ.

ފުލުހުން ބުނީ ކޮންޓެއިނަރުތަކެއް އޮޔާދާ ކަމުގެ މައުލޫމާތު އެމްޕީއެލް އިން ލިބިފައި ވަނީ ރޭގެ 11:10 ހާއިރު ކަމަށެވެ. މި ބާޖުން ފަސް ކޮންޓެއިނަރެއް ވެއްޓި އޮޔާދާއިރު، މިތަކެތި އޮޔާދާނެ ކަމަށް ލަފާ ކުރެވެނީ ދޫނިދޫ އާއި ފޭދޫފިނޮޅު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ. އަދީ ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފް އިން ބުނީ ކޮންޓެއިނަރު އޮޔާދާނެ ކަމަށް ލަފާކުރެވޭ ސަރަޙައްދުން ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއްދީގެން ދަތުރު ކުރުން މުހިއްމު ކަމަށެވެ. އަދި މިދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރެއް ކަމުން ވަކިން ހާއްސަކޮށް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރެ އެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފިޚަބަރު | 2 ދުވަސް ކުރިންމޫސުމީ ބަދަލުތަކަށް ހޭނުމާ ބެހޭ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 4 ދުވަސް ކުރިންއެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފިޚަބަރު | 7 ދުވަސް ކުރިން