logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

މަރިޔަމް މާޙީ
21 ޖޫން 2026 - 08:10
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒިޔަތު މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތް ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ޒިޔަތު އައްޔަންކުރެއްވީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ނަމަވެސް، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ އެމްޕީއެލްގެ ބޯޑުން ވަކިކޮށްފައެވެ. ޒިޔަތު ބޯޑުން ވަކިކުރުމަށްފަހު، އެމްޕީއެލްގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެންމެ ފަހުން އައްޔަންކުރެއްވި މުހައްމަދު ލަމްއާނަށެވެ.

ޒިޔަތަކީ މީގެ ކުރިން ވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޒިޔަތު ވަނީ އެސްޓީއޯގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އެ ކުންފުނީގެ އެކި މަގާމުތަކުގައި އޭނާ 15 އަހަރު ދުވަހު މަސައްކަތް ކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ: އެމްޕީއެލްޚަބަރު | 2 ދުވަސް ކުރިންކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 17 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 21 ދުވަސް ކުރިން