ޕެރިޝަބަލް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ: އެމްޕީއެލް
އައިޝަތު ނަޝާ
19 ޖޫން 2026 - 06:07

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއިން ބުނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މާލެ ވިޔަފާރި ބަނދަރުން ކްލިއަރކުރުމަށް އެ ކުންފުނިން އަމަލުކުރާ ޚާއްސަ އުސޫލުގެ ދަށުން މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭގެ 23:30އާއި ހަމައަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

Ad by Hajj Corporation
އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމަށް މާލެ ވިޔަފާރި ބަނދަރުގައި މިދިޔަ ހަފްތާގައިވެސް އެމްޕީއެލްއިން ވަނީ އޮޕަރޭޝަންސްތަކެއް ކުރިއަށް ގެންގޮސްފައެވެ.


