މި ކުރަނީ ކުރިއަށް އޮތް ގަރުނަށް ގައުމު ވަރުގަދަ އިސްލާމީ އަގީދާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތް: ޝަހީމް


05 އޮކްޓޯބަރު 2024 - 10:48
މި ސަރުކާރުން ކުރަމުންދާާ މަސައްކަތަކީ ކުރިއަށް އޮތް ގަރުނަށް ގައުމު ވަރުގަދަ އިސްލާމީ އަގީދާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަށްވާފައެވެ.
މިގޮތުން ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް މީގެ ކުރިން އިނާމު ދެމުން ދިޔައީ ދަރަޖަތަކަކަށް ބަހާލައިގެންކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވަނީ އެކަން އުވާލައި ހުރިހާ ހާފިޒުންނަށް އިނާމު ދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރަނގަޅު އަދި މުހިއްމު ނިންމުމެއް ކަމަށާއި، ދަރަޖަތަކަކަށް ބަހާލުމުގެ އުސޫލު އުވާލުމާއެކު އެއްވެސް ހާފިޒަކު ބާކީވެގެން ނުދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.
''މި ދައުރުގެ ތެރޭގައި މި ކުރެވޭ މަސައްކަތްތަކަކީ މިއީ ކުރިއަށް މި އޮތް ގަރުނަށް ދިވެހި ގައުމު އިސްލާމީ އަގީދާއެކު، ވަރަގަދަ ކަމާއެކުގައި ފޯރުކޮށްދެވޭނެ ޒަމާނެކޭ އަޅުގަނޑުމެން ދެކެމުން މިދަނީ'' ޝަހީމް ވިދާޅުވެފަވެއެވެ.
މިނިސްޓަރު ޝަހީމްގެ ވާހަކާގައި ވަނީ އުންމަތެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ އަސާސަކީ ހެޔޮ ބަސް ބުނުން ކަމަށާއި އިސްލާމް ދީނުގެ ހަޟާރަތު ކުރިއެރުމަށް އަޒުމުގައި މަސައްކަތް ކުރާ ސަރުކާރެއް އޮތުމަކީ އުފާކުރަން ޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

މިދައުރުގައި 1000 އިމާމުން އުފައްދާނަން: ޑރ.ޝަހީމް
6 މަސް ކުރިން
އިންޓަނޭޝަނަލް ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކަށް ތިން ވަނަ
6 މަސް ކުރިން
ވޭޕް މަނާކުރުމާމެދު ރައީސް ނިންމެވީ ހިތްވަރުގަދަ ނިންމެވުމެއް: ޝަހީމް
6 މަސް ކުރިން