logoEN
ޚަބަރު

ވޭޕް މަނާކުރުމާމެދު ރައީސް ނިންމެވީ ޖީލުތަކަށްޓަަކައި ހިތްވަރުގަދަ ނިންމެވުމެއް: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ

14 އޮކްޓޯބަރު 2024 - 18:37

ރާއްޖޭގައި ވޭޕް މަނާކުރުމާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ އަދާއި މާދަމާގެ ޖީލުތަކަށްޓަކައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމަވައި އެކަން ރައީސް ޢިއުލާންކުރެއްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ވޭޕް ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ސިއްޙަތަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް ރިޢާޔަތްކޮށް، ރައީސް މުޢިއްޒު މި ނިންމެވި ނިންމެވުމަކީ ވަރަށް މުހިންމު އަދި ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ.

"ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ހަމައެކަނި މިއަދުގެ ޖީލަށް އެކަންޏެއް ނޫން، އަންނަން އޮތް ޖީލުތަކަށް ވެސް ވަރަށް މުހިންމު ނިންމެވުމެއް. މިއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމެވުމެއް،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުމާއެކު ވޭޕް މަނާކުރުމުގެ ނިންމުން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ވެސް މަނާވެގެންދާނެއެވެ.

ކޮމެންޓް

871x217_placeholder