logo
MPL

MPL

ޚަބަރު

ހެދުން އަޅާ ގޮތެއްގެ ސަބަބުން ވަޒީފާ ދިނުމުގައި ތަފާތުކުރުންތައް ގެނެސްދޭ ގަވާއިދުތައް އުވާލެއްވުމަށް ރައީސް ނިންމަވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޯގަސްޓު 2024 - 05:24
ރައީސް ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ/ ރައީސް އޮފީސް

ހެދުން އަޅާ ގޮތެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި އަދާކުރުމުގައި ތަފާތުކުރުންތައް ގެނެސްދޭ ގަވާއިދުތައް އުވާލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އެފަދައިން ވިދާޅުވީ ދ. ހުޅުދެލީގެ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް ކުރިމަތިލި އަންހެނަކު މޫނު ބުރުގާ އަޅާތީ ވަޒީފާއަށް ޝަރުތު ހަމަނުވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ފޮނުވި އީމެއިލްގެ މައްސަލައެއް މީސް މީޑިޔާގައި ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނާ ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެފަދަ ތަފާތުކުރުންތައް ގެނުވާ ގޮތަށް ކުރީގައި ހެދިފައިވާ އަދި ޢަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ، - ރައީސް ޑރ. މުޙައްމަދު މުޢިއްޒު
View post on Twitter


ރައީސް އެފަދައިން ވިދާޅުވިއިރު، ދ. ހުޅުދެލީގެ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިން އޮފިސަރެއްގެ މަގާމަށް ވަޒީފާއަށް ކުރިމަތިލި އަންހެން މީހާގެ ޝަރުތު ހަމަނުވާކަމަށް ބުނެ ޑީޖޭއޭ އިން ކުރި އީމެއިލްގައި ބުނެފައިވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ ޙާލަތުގައި އެ މީހާ މޫނު ބުރުގާ އަޅާ ނަމަ، ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ވެސް އެ އީމެއިލްގައި ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ދުވަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން