logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް

މެންދުރު ޓީމް
12 އޯގަސްޓު 2024 - 09:18
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް

ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ޤައުމީ މަސައްކަތްތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ފަޚުރުވެރި ރާއްޖެއެއް ބިނާ ކުރެވޭނީ ޤައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާއި ހިއްސާ އިތުރުކޮށްގެން ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއް ފެށިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ނިންމެވި ކޮންމެ ނިންމެވުމެއްގައި ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މިސަރުކާރުން ވަނީ ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ކައުންސިލެއް އުފެއްދުމަށް ނިންމަވާފައެވެ. މި ކައުންސިލަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެކުލަވާލެވޭ ކައުންސިލެކެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހަކީ އދ. އިން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ޒުވާނުންނާ ގުޅުންހުރި އެކި ކަންކަމާގުޅޭގޮތުން ހޭލުންތެރިކުރުމެވެ. ޒުވާނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންޑރ. މާހިދު ޝަރީފް ރައީސް އޮފީހުގެ މަޤާމަކަށް މިނިސްޓަރ ފެންވަރުގައި އައްޔަންކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޑޭޅި މަސައްކަތް ކުރައްވަމުން: ޕީއެންސީޚަބަރު | 14 ގަޑިއިރު ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން