logo
MPL

MPL

ޚަބަރު

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި

މެންދުރު ޓީމް
5 އޯގަސްޓު 2024 - 13:15
އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް އައްޔަން ކުރައްވައިފިއެވެ. 

ނިމާލް މި މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ނިމާލް ކުރިން ހުންނެވީ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މާގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި އިންނަވާ މެންބަރުގެ މަގާމުވެސް ނިމާލް އަދާކުރެއްވިއެވެ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. 

2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކޮށްފައިވަނީވެސް މުޙައްމަދު ނިމާލެވެ. އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް މުޙައްމަދު ނިމާލް ވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރެއްވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ނިމާލަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

View post on Twitter

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފު އުމަރުވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންއިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ ޚަބަރު | 2 ދުވަސް ކުރިންއިނގިރޭސިވިލާތުގެ ސަފީރު ކަމަށް ޖަމީލާޚަބަރު | 2 ދުވަސް ކުރިންގައުމީ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފިޚަބަރު | 3 ދުވަސް ކުރިން