logoEN
ޚަބަރު

އިސްލާމިކް މިނިސްޓްރީން އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ނަމާދަށް ލޯބި ޖައްސުވައި އަހުލުވެރިކުރަން

މުހައްމަދު މޫސާމުހައްމަދު މޫސާ

23 ނޮވެމްބަރު 2024 - 09:32

2025 ވަނަ އަހަރު އިސްލާމީ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަމާދުކުރަން އަހުލުވެރިކޮށް ނަމާދަށް ލޯބި ޖެއްސުމަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުއްޖެއެވެ.

ޝަހީމް މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ޝަހީމް ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރު އިސްލާމީ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ މެނިފެސްޓޯ ތަންފީޒުކުރުމަށް، އެ މެނިފެސްޓޯގައިވާ އިސްލާމީ ސިފަތައް ދިވެހިންގެ ކިބާގައި އަށަގަންނުވައި، ދީނީ ވަހުދަތު ވަރުގަދަކޮށް، ހޭލުންތެރިކޮށް ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި ފޭރާމުން ޒީނަތްތެރިވެފައިވާ މުޖުތަމައަކަށް ހެދުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder