logo
Bank of Maldives

Bank of Maldives

ޚަބަރު

ދީނީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
15 ސެޕްޓެމްބަރު 2024 - 04:08
އިސްލާމިކް މިނިސްޓްރީން ބޭއްވި މަހާށިންތާއެއްގެ ތެރެއިން. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބޭއްވި މަހާށިންތާއެއްގެ ތެރެއިން. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ބާއްވަން ފަށާ ދީނީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުން ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން ސެޝަނަކަށް ބަހާލައިގެން މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭޣައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދިވެހިރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރާ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދަޢުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެޚަބަރު | 2 ދުވަސް ކުރިންޒިކުރާ މިސްކިތް ބިމުގައި ޒަމާނީ ރީތި މިސްކިތެއްޚަބަރު | 6 ދުވަސް ކުރިންރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 20 ދުވަސް ކުރިން"އިސްލާމްދީނުގައި އެކި މަރުޙަލާތަކުގައި ޖުވާ ވަނީ ނަޙީ ކުރައްވާފައި"ޚަބަރު | 22 ދުވަސް ކުރިން