ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
13 ސެޕްޓެމްބަރު 2026 - 07:19

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ މިއަދު ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެއް ދުވަހުގެ މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 300އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވަމުން އެބەتދެއެވެ.

Ad by Hajj Corporation
މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދީ، އެކުދިންގެ މަސައްކަތުގެ އަގުވަޒަންކުރުމެވެ. ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް، ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ހިމާޔަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ވުޒާރާއިން ހިންގާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ޕްރޮގްރާމެކެވެ. ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށާއި 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މިހާތަނަށް 5 ބުރެއް ނިމި، 700އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުވެފައެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހޯދާފައިވާ ފަރާތްތަކާއި، ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައިވާ ޒުވާނުންގެ އިތުރުން އުމުރުން 30 އަހަރު ނުފުރޭ އިމާމުންނާއި ޚަޠީބުންނަށެވެ.


