logo
MPL

MPL

ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ސެޕްޓެމްބަރު 2026 - 03:53
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.

މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާތަކުގެ އިސްވެރިންނާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. މި އޮޑިޝަން ބުރުގައި ޖުމްލަ 2,742 ބައިވެރިން ކިޔަވާފައިވާއިރު، އޭގެ ތެރެއިން ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ 379 ދަރިވަރުންނެވެ.

މުބާރާތުގެ ތާވަލު ހަމަޖެހިފައިވާ ގޮތުން، ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 11 ސެޕްޓެމްބަރުން ފެށިގެން 14 ސެޕްޓެމްބަރަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 16 ސެޕްޓެމްބަރުން 17 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ފާހަގަކޮށްލެވޭ ފަދަ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 22 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 23 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 25 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | މަހެއް ކުރިން