logo
Bank of Maldives

Bank of Maldives

ޚަބަރު

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
31 އޯގަސްޓު 2024 - 16:14
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސަނަދު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސަނަދު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެންމެ އުފާވަނީ ޒުވާން ޚަތީބުން ތަމްރީނު ކުރަން ހުޅުވާލި ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމަކީ މުޖުތަމަޢު ބަަލައިގެންފައިވާ މުހިއްމު ޕްރޮގުރާމެއްކަމަށާއި، މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކޮށްފައިވާކަމަށާއި އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކުރުމުން ރަށްރަށުން ހޫނު މަރުހަބާ ކިޔާ މަންޒަރާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ދެމުންދާ މަންޒަރު ފެންނިލައްވާލަމަށާއި މިއީ މުޖުތަމަޢުއިން މި ޕްރޮގުރާމް ބަލައިގެންފައިވާކަން ހާމަވާކަމެެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ 2 ބެޗެއް މިހާރު ނިމިފައިވާއިރު 300 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ގައި ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީޚަބަރު | 2 ދުވަސް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 3 ދުވަސް ކުރިންޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފިޚަބަރު | 10 ދުވަސް ކުރިންކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިޚަބަރު | 13 ދުވަސް ކުރިން