logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
13 ސެޕްޓެމްބަރު 2024 - 04:21
މީހަކު ޒަކާތް ދައްކަނީ.
މީހަކު ޒަކާތް ދައްކަނީ.

މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޖުމްލަ 16.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް އހީފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނެއެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު ހައުސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އޯގަސްޓް މަހުގައި އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 1123400.27 ދިވެހި ރުފިޔާއެވެ.

އެގޮތުން ޒަކާތު ހައުސް އިން އެންމެ ގިނަ އެހީ ދީފަިއވަނީ ކެންސަރުގެ ބައްޔަށެވެ.

ޒަކާތު ފަންޑުން އޯގަސްޓު މަހުގައި އެހީގެ ގޮތުގައި ދީފައިވާ ފައިސާ:

  • ކެންސަރަށް ފަރުވާ ކުރުން (385885.00 ރުފިޔާ)
  • ހިތުގެ އޮޕަރޭޝަން ކުރުމަށް (25443.00 ރުފިޔާ)
  • ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް (130886.00 ރުފިޔާ)
  • އެހެނިހެން (4125500.27 ރުފިޔާ)

އެހެނިހެން ގޮތުގައި ބަޔާންކުރެވިފައި ވަނީ ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށެވެ. އެގޮތުން ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37800 ރުފިޔާ ވަނީ ހޭދަވެފައެވެ. މީގެ އިތުރުން ޒަކާތު މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ކުރެވިފައިވަނީ 268276.72 ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ޝައިޚުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެހެން ސަރުކާރުގެ ދީލަތި 'ހަދިޔާ' އެއްޚަބަރު | 18 ދުވަސް ކުރިންސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފިޚަބަރު | 23 ދުވަސް ކުރިންފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހުޚަބަރު | މަހެއް ކުރިންހުޅުމާލެ ފޭސް ދޭއްގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިން