logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، ހިދާޔަތު ފެތުރުމަކީ ރައީސްގެ އަމާޒެއް: ޑރ. ޝަހީމް

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
15 ސެޕްޓެމްބަރު 2024 - 14:48
ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި މިނިސްޓަރު ޑރ.ޝަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ/ އިސްލާމިކް މިނިސްޓަރީ
ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި މިނިސްޓަރު ޑރ.ޝަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ/ އިސްލާމިކް މިނިސްޓަރީ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުިވީ، މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި މިއޮތް ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، ދީނާ ގުޅިންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓާ ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެެއް ދެއްވާ ސަރުކާރެއް ކަމަށެވެ.

އަދި ރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.އެގޮތުން ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިގެން ގޮތްގޮތުންވެސް އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ތިން ސެޝަނަކަށް ބަހާލައިގެން މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭޣައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދިވެހިރާއްޖޭގައި އިސްލާމީ ދައުވަތު ފަތުރާ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދަޢުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށާނެޚަބަރު | 7 ދުވަސް ކުރިންރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއި ގުޅުވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއްޚަބަރު | 7 ދުވަސް ކުރިން‘’ސަލާމަތް ހިތަކާއިގެން ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް:’’ޚަބަރު | 16 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 17 ދުވަސް ކުރިން