logoEN
ޚަބަރު

އިންޓަނޭޝަނަލް ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކަށް ތިން ވަނަ

މުހައްމަދު މޫސާމުހައްމަދު މޫސާ

12 އޮކްޓޯބަރު 2024 - 19:20

މެލޭޝިއާގައި ބޭއްވި ''64 ވަނަ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިއެކްޝަން އެންޑް މެނޮރިޒޭޝަން އެސެމްބްލީ 2024'' އިން ރާއްޖޭގެ ކުއްޖަކު ތިންވަނަ ހޯދައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ތިންވަނަ ހޯދާފައިވާ ކަމަށެވެ.

View post on Twitter

މިނިސްޓަރު ޝަހީމް ވަނީ ޝާޔާގެ މި ކާމިޔާބީއަކީ ޤައުމަށް ހޯދައިދިން ފަޚުރެއްކަން ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ފޮނުއްވާފަވެއެވެ.

ކޮމެންޓް

871x217_placeholder