logo
Bank of Maldives

Bank of Maldives

ޚަބަރު

މަހަށް ނުކުތް ދޯންޏެއް ހާލުގައި ޖެހުމުން އެހީވެއްޖެ، އަންހެނުންނާއި ކުޑަކުދިން ތިބި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޑިސެމްބަރު 2025 - 15:20
މަހަށް ނުކުތް ދޯންޏެއް ހާލުގައި ޖެހުމުން އެހީވެއްޖެ، އަންހެނުންނާއި ކުޑަކުދިން ތިބި

ފުވައްމުލައް ސިޓީ އިން އަންހެނުންނާއި ކުޑަކުދިންނާއެކު މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މިރޭ ދިން މައުލޫމާތުގައިވާ ގޮތުން، ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ''ސަވާރީ'' ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ޑިސެންބަރު 19 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރުއެވެ.

މިކަމުގެ މައުލޫމާތު ލިބުމާއެކު ފުވައްމުލައްސިޓީ ޕޮލިހުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ވަނީ ގެންގޮސްދީފައެވެ. ފުލުހުން ބުނި ގޮތުގައި މި މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި ކުޑަކުއްޖެކެވެ.

ދޯނިން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހަށް ނުކުތް ދޯންޏެއް ހާލުގައި ޖެހުމުން އެހީވެއްޖެ، އަންހެނުންނާއި ކުޑަކުދިން ތިބިޚަބަރު | 2 ގަޑިއިރު ކުރިންގުޅީފަޅު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް!ޚަބަރު | 7 ގަޑިއިރު ކުރިންސްކޫލް ބަންދާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިޚަބަރު | ދުވަހެއް ކުރިންބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 ބިދޭސީއަކު އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިން