logo
Bank of Maldives

Bank of Maldives

ޚަބަރު

ރަށު ފަތުރުވެރިކަމާބެހޭ ސަރވޭއެއް ފަށައިފި

އިސްމާޢިލް ރާތިޢު
20 ޑިސެމްބަރު 2025 - 11:14
ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުފެ ތެރެއިން އއ. ދިގުރަށް- ފޮޓޯ: މިހާރު
ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުފެ ތެރެއިން އއ. ދިގުރަށް- ފޮޓޯ: މިހާރު

ރަށު ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ސަރވޭއެއް ފަށައިފިއެވެ.

މި ސަރވޭގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ރަށު ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުމެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މައުލޫމާތު އެއްކުރުމުގެ މި މަސައްކަތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ރަށު ފަތުރުވެރިކަމުގެ ތެރެއިން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، މިފަދަ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން މި ސަރވޭއިން އަގުހުރި މައުލޫމާތުތަކެއް އެއްކުރެވޭނެކަމަށް އެވުޒާރާއިން ބުނެއެވެ.

މި ތިން ބައިގެ މައުލޫމާތުތަކުގެ ސަބަބުން ރަށު ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި ހިޔާލުތައް އެނގޭނެކަމަށް އެވުޒާރާއިން ބުނެއެވެ. މިހާތަނަށް ސަރވޭ ކުރިއަށްގެންގޮސްފައިވާ ރަށްރަށުގެ ތެރޭގައި ހުޅުމާލެއާއި، ކ. މާފުށި، އާއި ކ. ދިއްފުށި ހިމެނެއެވެ.

ކުރިއަށް އޮތްތަނުގައި ސަރވޭ ކުރިއަށްދާނެ ރަށްރަށުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ.ކެޔޮދޫ، ބ. ފުޅަދޫ، އާއި ބ. ފެހެންދޫ ހިމެނެއެވެ. މި ސަރވޭގެ ނަތީޖާއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މައުލޫމާތަކަށްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށު ފަތުރުވެރިކަމާބެހޭ ސަރވޭއެއް ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ވިޔަފާރި | 5 ދުވަސް ކުރިންސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 8 ދުވަސް ކުރިންދުނިޔޭގެ ރެކޯޑެއް، އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 6 ފަހަރު ލިބުނު ގައުމަކީ ހަމައެކަނި ރާއްޖެރިޕޯޓް | 11 ދުވަސް ކުރިން