logo
Bank of Maldives

Bank of Maldives

ޚަބަރު

ގުރައިދޫ ކައިރި ބޮޑު ކިނބުލެއް ހިފައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޑިސެމްބަރު 2025 - 15:51
އެމްއެންޑީއެފުން ހިފި ކިނބޫ، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ހިފި ކިނބޫ، ފޮޓޯ: އެމްއެންޑީއެފް

. ގުރައިދޫ ކައިރިން 6 ފޫޓުގެ ބޮޑު ކިނބުލެއް ހިފައި، އެ ކިނބޫ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ދިން މައުލޫމާތަށް ބަލާއިރު، މި ކިނބޫ ހިފައިފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ. ކިނބޫ ފެނިގެން ހިފައިފައިވަނީ ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކިނބުލަކީ ގާތްގަނޑަކަށް 6 ފޫޓު ދިގު ކިނބުލެއް ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ ކަނޑު ސަރަހައްދުތަކުން ކިނބޫ ފެންނަ ހާދިސާތައް މަދުން ނަމަވެސް ފެންނަމުންދާއިރު، މިފަދަ ސޫފިތައް ހިފުމަށްފަހު ރައްކާތެރިކަމާއެކު ބޭރުކުރުމުގެ މަސައްކަތް ސިފައިން ކުރަމުން ދެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މި ކިނބޫ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ރާއްޖެއަށް ނާދެވޭނެ ގޮތަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިފަދަ ސޫފިތައް ރާއްޖޭގެ ސަރަހައްދުން ބޭރުކުރުމަކީ އާންމުކޮށް ސިފައިން ކުރާ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުރައިދޫ ކައިރި ބޮޑު ކިނބުލެއް ހިފައިފިޚަބަރު | 2 ގަޑިއިރު ކުރިންމާލޭގެ މަގުތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންލ.ގަން ކައިރިން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި ޚަބަރު | 2 ދުވަސް ކުރިން