ލ. ގަން ކައިރިން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
19 ޑިސެމްބަރު 2025 - 15:09

ލ. ގަން ކައިރިން ކާގޯ ބޯޓެއް އޮޔާދާތީ،ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، "އިންޓަރގްރިޓީ ސްޓަރ" ނަމަކަށް ކިޔާ މި ކާގޯ ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުންނެވެ.

Ad by Hajj Corporation
މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށެވެ. އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ދަތުރުފަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.


