logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި ހިންގަމުންދިޔަ 17 ސެލޫނެއް ބަލައި ފާސްކޮށްފި

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 11:45
މާލޭގައި ހިންގަމުންދިޔަ 17 ސެލޫނެއް ބަލައި ފާސްކޮށްފި

އިއްޔެ އެކަނިވެސް މާލޭގައި ހިންގަމުންދިޔަ 17 ސެލޫނެއް ބަލައި ފާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިއަ 17 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގައި ހިންގާ ސްޕާ/ސެލޫން ފަދަ ތަންތަނަށް އަމާޒުކޮށް މިފަހުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެފަދަ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ހިންގަމުންދިޔަ 17 ސެލޫނެއް ބަލައި ފާސްކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންގަވާއިދާއި ހިލާފަށް ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށްފިޚަބަރު | 5 ދުވަސް ކުރިންރޭ ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ސެލޫންތަކެއް ބަންދުކޮށްފިޚަބަރު | 6 ދުވަސް ކުރިންގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފިޚަބަރު | 6 ދުވަސް ކުރިން