logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށްފި

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 10:55
ގަވާއިދާއި ހިލާފަށް ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފަށް މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލާ ފާސްކޮށް 5 ތަނެއް ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް އިއްޔެ ބަލާ ފާސްކޮށްފައިވާކަމަށާއި އެ އޮޕަރޭޝަންގައި 1 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މީގެ އިތުރުން ފަސް ތަނެއް ބަންދުކޮށްފައިވާކަމަށްވެސް އިމިޤްރޭޝަނުން ބުނެއެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާއި ހިލާފަށް ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންރޭ ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ސެލޫންތަކެއް ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިންގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި އިތުރު ދެ ވިޔަފާރިއެއް ހުއްޓުވައިފިޚަބަރު | 2 ދުވަސް ކުރިންކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިން