ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ
21 ޑިސެމްބަރު 2025 - 20:24

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭނެ ގޮތް ހައްވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ގޯތިތައް އިމާރާތްކުރެވޭނެ އުސްމިން މިހާރު އޮންނަނީ އެއްގޮތަކަށް ކަމަށާއި، އިމާރާތްކުރެވޭ އުސްމިން ބިނާވެފައިވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭންއާއި ގުޅިގެން ކަމަށެވެ. ސަރުކާރުން ވަނީ ލޭންޑް ޔޫސް ޕްލޭން ނުވަތަ ސިޔާސަތަށް ބަދަލު އަންނަ ހާލަތްތަކުގައި އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދޭނެކަމަށް ވައުދުވެފައެވެ.
10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެއްވާއިރު، މާލޭ ސަރަހައްދުގައި ބޮޑުވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ބައެއް ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 10 ބުރިއަށް އިމާރާތްކުރާނަމަ ގްރައުންޑް ފްލޯރއަކީ ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުން މަޖުބޫރުވާނެއެވެ. މީގެ އިތުރުން ދިރިއުޅުމަށް ނޫން، އާމްދަނީ ހޯދުމަށް ބޭނުންކުރެވޭނެ ކޮމާޝަލް ނުވަތަ އެހެން މަސައްކަތަކަށްޓަކައި އިތުރު އެއް ފްލޯރ ކަނޑައަޅަން ޖެހޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"2 ފުލޯރ ގޭގައި ދިރިއުޅުމަށް ނޫނީ އެހެން ފަރާތަކަށް ކުއްޔައް ދެވިދާނެ. 4 ފްލޯރ ލިބޭއިރުގައި އޭގެ ތެރެއިން ގްރައުންޑް ފްލޯރ ކަނޑައަޅަން ޖެހޭނީ އޭގެގެ ބޭނުމަށް ޕާކިންއަށް ދެން އިތުރު އެއްފްލޯ އާމްދަނީ ހޯދުމަށް ދެން ދެ ފްލޯރ ރެސިޑެންޝަލް ބޭނުމަށް ބޭނުން ކުރެވިދާނެ. 10 ބުރިއަށް ނެގޭ ގޮތައް ޤަވައިދައް ބަދަލުގެނެސް ދެ ފޭސްގޭ ފަރާއްތަކަށް އެކަން ކޮށްދޭނަން." ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ދެ ފިޔަވަހީގެ ގޯތިތަކަށް ވެސް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ޤަވާއިދުތަކަށް ބަދަލު ގެނެސް، މި ފުރުޞަތު ހުޅުވާލެވޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.


