logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 16:48
އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!

އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ބަދަލު ގެންނަވަނީ ބެލެނިވެރިންގެ ޝަކުވާތައް އެކަމުގައި އޮތުމުން ކަމަށެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކާ ބައްދައްލުކުރެއްވުމުގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ، ގުރޭޑް 10ން ދަށުގެ ދަރިވަރުން ސްކޫލަށް ފޯން ގެންދިއުމަކީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް އެކަން މަނާކުރެވިފައިވާއިރު، އެކަން އިމްޕްލިމެންޓެއް ނުކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެކަން އިމްޕްލިމެންޓް ނުކުރެވެމުން މިހާރު ކުދިން ސްކޫލަށް ފޮނު ގެންދާ މައްސަލަ ދަނީ ބޮޑުވަމުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ގުރޭޑް 10ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިއުން މަނާކުރި ނަމަވެސް އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އުމުރަށް ބަލާއިރު، ގަބޫލު ކުރައްވަނީ އެކުދިންނަށް ހުސް ވަގުތުތަކުގައި ފޯނު ބޭނުން ކުރެވެން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކިޔަވާގަޑީގައި ބޭނުން ނުކުރެވޭނެ ކަމަށާއި ކިޔަވާގަޑީގައި އެ ދަރިވަރުންގެ ފޯނު އޮންނާނީ ލޮކަރުގައި ކަމަށެވެ. އޭ ލެވެލް ދަރިވަރުންނަށް ލޮކަރ ސިސްޓަމެއް ސްކޫލްތަކުގައި ބެހެއްޓުމުގެ މަސައްކަތް އެޑިޔުކޭޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނު ނަމަވެސް ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުން ނުކުރެވޭނެ. ލޮކަރަށް ލާފައި ބަންދުކޮށްފަ ބާއްވަން ޖެހޭނީ" ރައީސް މުޢިއްޒު


ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދެމުން ދަނިކޮށް ދަރިވަރުންތަކެއް ފޯނު ގެންގުޅުނު މައްސަލަތަކެއް ފެންމަތިވެ ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރާ ހިސާބުން ރިޓަޔަމެންޓް އެލަވަންސް މެދުކަނޑަނީޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!ޚަބަރު | 2 ގަޑިއިރު ކުރިންވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި ޚަބަރު | 2 ގަޑިއިރު ކުރިން