logo
Bank of Maldives

Bank of Maldives

ޚަބަރު

500 މިލިއަން ޑޮލަރުގެ ސުކޫކާއެކު ބޮޑެތި ދަރަނިތައް ދެއްކިން، ރާއްޖެ ބަނގުރޫޓެއް ނުވާނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ސެޕްޓެމްބަރު 2026 - 18:36
500 މިލިއަން ޑޮލަރުގެ ސުކޫކާއެކު ބޮޑެތި ދަރަނިތައް ދެއްކިން، ރާއްޖެ ބަނގުރޫޓެއް ނުވާނެ: ރައީސް

އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައިދެމުން ކަމަށާއި، ދައުލަތުގެ ރިޒާވް ހަރުދަނާކޮށް ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ހިފަހައްޓަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު އިޤްތިޞާދު އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކޮށް ޤައުމު ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ރިޒާވް ތާރީޚުގައިވެސް މަތިނުވާ މިންވަރަށް، ފެބުރުވަރީ މަހު 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މެދުއިރުމަތީގެ ހަނގުރާމައާއެކު ތެލުގެ އަގު އުފުލި ވިޔަފާރީގެ މާހައުލަށް ބަދަލުތަކެއް އައި ނަމަވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް ސަރުކާރުން އަދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން. އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވީއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދަރަނި އަދާކުރުމުގެ ކަންކަން ކުރަނީ ހަމައެކަނި ރިޒާވުން ނޫން ކަމަށާއި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުވެސް ތަރައްޤީކޮށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވާ އިންވެސްޓަރ ފޯރަމްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުގެ ޝައުޤުވެރިކަން ރާއްޖެއަށް ލިބެމުންދާ ކަމަށެވެ. އެގޮތުން އައިލާ މަޝްރޫޢުގެ އިތުރުން ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫޢާއި ގޫގުލްއިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު ފާހަގަކުރައްވައި، މުސްތަޤުބަލުގައި ޓޫރިޒަމާއި މަސްވެރިކަން ފަދަ ދާއިރާތައް ސިންދަފާތުކޮށް އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުހިންމު ޢިމްތިޙާނުތަކެއްގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވަމުންދާ ދުވަސްވަރެއްކަމުން، އިމްތިހާނު ހަދާ ދަރިވަރުން ކިޔެވުމާއި، ކުޅިވަރާއި، ދީނީ ކަންކަން އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުން އެނގޭގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ވަޒީފާގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

500 މިލިއަން ޑޮލަރުގެ ސުކޫކާއެކު ބޮޑެތި ދަރަނިތައް ދެއްކިން، ރާއްޖެ ބަނގުރޫޓެއް ނުވާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިން2040 އަށް އެކުލަވާލާ މާސްޓަރޕްލޭން ޙިމާޔަތްކުރަން ޚާއްޞަ ޤާނޫނެއް ހަދަނީޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެއާ ދެކޮޅަށް ދައްކަނީ މަޝްރޫއު ހުއްޓުވަން ދައްކާ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާޚަބަރު | 3 ގަޑިއިރު ކުރިން