logo
Bank of Maldives

Bank of Maldives

ވިޔަފާރި

ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 ފަތުރުވެރިން ޒިޔާރަތްކޮށްފި

އާމިނަތު ޝަފާ
22 ޑިސެމްބަރު 2025 - 04:47
ފަތުރުވެރިންތަކެއް ރާއްޖޭގެ މައި ބަނދަރަށް ފައިބަނީ
ފަތުރުވެރިންތަކެއް ރާއްޖޭގެ މައި ބަނދަރަށް ފައިބަނީ

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،157،341 އަރާފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ރާއްޖެއަށް ވަނީ 9،040 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ 5 ގައުމު:

* ޗައިނާ: 325,544 ފަތުރުވެރިން
* ރަޝިއާ: 267,341 ފަތުރުވެރިން
* އިނގިރޭސިވިލާތް: 194,931 ފަތުރުވެރިން
* ޖަރުމަނުވިލާތް: 161,854 ފަތުރުވެރިން
* އިޓަލީވިލާތް: 140,585 ފަތުރުވެރިން

މި ގައުމުތަކުގެ އިތުރުން ދެން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، އެމެރިކާ، ފަރަންސޭސިވިލާތް، ސްޕެއިންގެ އިތުރުން އޮސްޓްރޭލިއާއެވެ.

ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 ފަތުރުވެރިން ޒިޔާރަތްކޮށްފި ވިޔަފާރި | 2 ގަޑިއިރު ކުރިންރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ވެބިނާއެއް ބާއްވަނީވިޔަފާރި | 2 ގަޑިއިރު ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިޔަނަށްޚަބަރު | ދުވަހެއް ކުރިންއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޗައިނާއިން ވިޔަފާރި | 3 ދުވަސް ކުރިން