އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޗައިނާއިން
19 ޑިސެމްބަރު 2025 - 05:29

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 3 ލައްކައަށް ވުރެ އިތުރުވެއްޖެއެވެ.
ޗައިނާ މާކެޓުން ރާއްޖެއަށް 322،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 15 އިންސައްތައެެވެ.

Ad by Hajj Corporation
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:
ޗައިނާ: 322،000 ފަތުރުވެރިން
ރަޝިއާ: 265،112 ފަތުރުވެރިން
އިނގިރޭސިވިލާތް: 191،763 ފަތުރުވެރިން
ޖަރުމަނުވިލާތް: 160،051 ފަތުރުވެރިން
އިޓަލީވިލާތް: 138،584 ފަތުރުވެރިން
އިންޑިއާ: 125،510 ފަތުރުވެރިން
އެމެރިކާ: 61،987
ފްރާންސް: 54،274 ފަތުރުވެރިން
ސްޕެއިން: 52،863
އޮސްޓްރޭލިއާ: 40،490
ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،127،705 އަށް އަރާފައެވެ. މިއީ މިދޮޔަ އަހަރާ އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.


