logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންތައް: އަތޮޅުތެރެއިން އެންމެ ގިނައިން ބަނގުރާ އަތުލައިގަތީ މާފުށިން

ޢައްފާން މުޙައްމަދު
24 ޑިސެމްބަރު 2025 - 06:50
ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންތައް: އަތޮޅުތެރެއިން އެންމެ ގިނައިން ބަނގުރާ އަތުލައިގަތީ މާފުށިން

މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މި އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ބަނގުރާ ފުޅި/ދަޅު އަތުލައިގެންފައި ވަނީ ކ. މާފުށިންކަމަށް ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވާ ގޮތުން، އަތޮޅު ތެރޭގައި މި އަހަރުގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވަނީ 5 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އޮޕަރޭޝަންތަކުގެ ތެރެއިން ވަކި ރަށަކަށް ޙާއްސަކޮށްގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ މާފުށީގައި އެކަންޏެވެ. ދެން ކުރިއަށް ގެންދިޔަ ފަސް އޮޕަރޭޝަނަކީ ވަކި އަތޮޅަކަށް ނުވަތަ ދެ އަތޮޅެއް ހިމެނޭހެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޑްރަގް އެންފޯސްމަންޓުން މާފުށީގައި އޮޕަރޭޝަނެއް ހިންގީ މި އަހަރުގެ ޖޫން މަހުއެވެ.

އެ އޮޕަރޭޝަނުގައި 13 ތަނެއް ބަލައި ފާސްކޮށް، 20 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މާފުށީގައި ކުރިއަށް ގެންދިޔަ ޙާއްަސަ އޮޕަރޭޝަނުގައި، 4817 ފުޅި/ދަޅު ބަނގުރާ އަތުލައިގެންފައިވެއެވެ. މިއީ އަތޮޅު ތެރެއިން ޑްރަގް އެންފޯސްމަންޓުން އެންމެ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް އޮޕަރޭޝަނެވެ. އަދި ދެން ކުރިއަށް ގެންދިޔަ ހަތަރު އޮޕަރޭޝަނުން ވެސް، މި އަދަދާ ގާތަށް ވެސް ބަނގުރާ އަތުލައިގެންފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ދެން ކުރިއަށް ގެންދިޔަ ހަތަރު އޮޕަރޭޝަނަކީ ޅ. އަތޮޅާއި ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކާއި ބ. އަދި ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ އިތުރުން ނ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް އަދި ގދ. އަތޮޅާއި ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގެންފައި ވަނީ ޖުމްލަ 181 ފުޅި/ދަޅު ބަނގުރަލެވެ.

ގިނަ އަދަދެއްގެ ބަނގުރާ މާފުށިން އަތުލައިގަތް ނަމަވެސް މި ފަސް އޮޕަރޭޝަންގެ ތެރެއިން ދެވަނައަށް އެންމެ މަދުން މަސްތުވާތަކެތި އަތުލައިގަތީ މާފުށިންނެވެ. މާފުށިން އަތުލައިގަތީ 6.012 ގުރާމުގެ މަސްތުވާތަކެއްޗެވެ. އެންމެގިނަ މަސްތުވާތަކެތި އަތުލައިގަތީ އޮކްޓޯބަރު މަހު ގއ. އަދި ގދ. އަތޮޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ. އެ އޮޕަރޭޝަންގައި 12.11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިވެލި އޮޕަރޭޝަން މިރޭ ފަަށަނީޚަބަރު | ގަޑިއިރެއް ކުރިންބޭރު ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތްކުރޭ: ފުލުހުންޚަބަރު | 2 ގަޑިއިރު ކުރިންޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންތައް: އަތޮޅުތެރެއިން އެންމެ ގިނައިން ބަނގުރާ އަތުލައިގަތީ މާފުށިންޚަބަރު | 2 ގަޑިއިރު ކުރިން11 އައްޑާ ބަންދުކޮށް 997 މީހަކު ހައްޔަރުކޮށް، 875 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މި އަހަރު އަތުލައިގެންފައިވޭޚަބަރު | 3 ގަޑިއިރު ކުރިން