logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހަކަށް ހަމަލާދިނުމުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އިސްމާޢިލް ރާތިޢު
26 ޑިސެމްބަރު 2025 - 04:47
ފުލުހަކަށް ހަމަލާދިނުމުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ފުުލުހުންގެ ދައުރު އަދާކުރަން ހުރަސް އަަޅައި، އިންޒާރުދިނުމުގެ އިތުރުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި މިދިޔަ އަންގާރަ ދުވަހު ތިބި ގުރޫޕެއްގެ ބަޔަކު ބަލައި ފާސްކުރަން ފުލުހުން މަަސައްކަތްކޮށްފައިވަނީ، ފުލުހުން ފެނުމުން އެމީހުން އުޅުނު ގޮތަށް ބަލާ، ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފުވައްމުލަކު މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން، (22އަހަރު) އާއި ފުވައްމުލަކު ފުނާޑު، ނަމަން، ނާފިއު އިބްރާހީމް، (30އަހަރު) އަދި ގދ. ވާދޫ އިރާކުވިލާ، މުހައްމަދު ލުވޭޒް، (19އަހަރު) އެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްުޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ރަޒީން 5 ދުވަހަށް، ނާފިއު 2 ދުވަހަށް އަދި ލުވޭޒް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިޚަބަރު | 9 ގަޑިއިރު ކުރިންބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | ދުވަހެއް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ފިލައިގެން ރާއްޖެއިން ބޭރުގައި، ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިޚަބަރު | ދުވަހެއް ކުރިން