އިސްރާއީލުން ސޯމާލިލޭންޑް ބަލައިގަންނަން ނިންމި ނިންމުން އަނބުރާ ގެންދަން ސޯމާލިއާ ސަރުކާރުން ގޮވާލައިފި
27 ޑިސެމްބަރު 2025 - 16:02

އިސްރާއީލުން ސޯމާލިލޭންޑް ބަލައިގަންނަން ނިންމި ނިންމުން އަނބުރާ ގެންދަން ސޯމާލިއާ ސަރުކާރުން ގޮވާލައިފިއެވެ.
ސޯމާލިއާ އިން ވަނީ އިސްރާއީލުން ސޯމާލިލޭންޑް ސިޔާދަތީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައިފައެވެ.
ސޯމާލިއާގެ ޚާރިޖީ ވަޒީރު އަލީ އުމަރު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސޯމާލިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިސްރާއީލުން ނުފޫޒު ފޯރުވާ މައްސަލަތަކާ ދެކޮޅަށް ސަރުކާރުން ޑިޕްލޮމެޓިކް ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށެވެ.

Ad by Hajj Corporation
ސޯމާލިލޭންޑް ރަސްމީކޮށް ބަލައިގަތް ދުނިޔޭގެ ފުރަތަމަ ގައުމަކީ އިސްރާއީލް ކަމަށްވާއިރު، އެފްރިކާ އާއި އަރަބި ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
1991 ވަނަ އަހަރު ސޯމާލިލޭންޑުން ސޯމާލިއާއިން ވަކިވެގަތީ ދާހިލީ ހަނގުރާމައަކަށްފަހުއެވެ.
އދ. އިން ބަލައިނުގަންނަ ދައުލަތެއް ނަމަވެސް އަމިއްލައަށް ގައުމެއް ކަމަށް ދައުވާކުރާ ސޯމާލިލޭންޑުގެ އަމިއްލަ ފައިސާއާއި، ދިދައާއި، ގާނޫނު ހަދާ މަޖިލިސް އުފައްދާފައިިވެއެވެ.


