އުނގޫފާރު އެމްއެންޔޫ ކެމްޕަސް ނިމި، ކޯސްތަކަށް ކުރިމަތިލާން ހުލުވާލައިފި
28 ޑިސެމްބަރު 2025 - 10:43

އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އަލަށް ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އުނގޫފާރުގެ އައުޓްރީޗް ސެންޓަރުގައި ކުރިއަށް ގެންދަން ހުޅުވާލީ:

Ad by Hajj Corporation
އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން
އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ
ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)
ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ބިޒްނަސް)
ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ހިއުމަނިޓީޒް)
މި ކޯސްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ ފުލްޓައިމްކޮށެވެ. މުއްދަތަކީ އެއް އަހަރު ދުވަހެވެ.
އެމްއެންޔޫއިން ބުނީ، މި ޕްރޮގްރާމްތަކަކީ ރ. އުނގޫފާރާއި ވަށައިގެންވާ ރަށްރަށުގެ ރައްޔިތުންގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކޯސްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލްކުރުމާއި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވާ ހުނަރުތަކާއި ޤާބިލުކަން ލިބިގެންދާނެ ޕްރޮގްރާމްތަކެއް ކަމަށެވެ.


