logo
Bank of Maldives

Bank of Maldives

ޚަބަރު

2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ: ސައީދު

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 12:15
2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ: ސައީދު

2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެކަމަށް ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ދެ އަހަރަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ކަނޑައަޅުއްވައި، 2026 ޖެނުއަރީ އެކަކުން ފެށިގެން އެކަންކަން ތަންފީޒު ކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދުވަނީ ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ވަޒީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ މި ނިންމެވުމާއެކު 2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް މުޅިސަރުކާރުން ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެކަމަށެވެ. މިއީ، ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ބޮޑު ފަސޭހައެއް އަދި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމެއްކަމަށާއި މިގޮތުން ލުއި ދިނުމާއި ކަންކަން ފަހިކޮށް ދިނުމަށް ގެންނަ ބަދަލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިކަން ހިއްސާ ކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރެއްވުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި އިޢުލާނު ކުރެއްވި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ތަންފީޒު ކުރައްވާނެ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ: ސައީދު ޚަބަރު | 2 ގަޑިއިރު ކުރިން