ނޮޅިވަރަމު ކުޅި ސަރަޙައްދުގައި ޕްލެޓްފޯމްއެއް ތަރައްޤީކުރަނީ
28 ޑިސެމްބަރު 2025 - 16:10

ހދ. ނޮޅިވަރަމް ކުޅި ސަރަޙައްދުގައި ޕްލެޓްފޯމްއެއް ތަރައްޤީކުރަން ނިންމައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ހދ. ނޮޅިވަރަމު ކުޅި ސަރަޙައްދުގައި ޕްލެޓްފޯމްއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރު ކުރެވުނު އިޢުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އެ އިއުލާން ބާތިލުކުރީ އެކަށީގެންވާ ވަރުގެ ތަރުޚީބެއް ނުލިބުމުގެ ސަބަބުން ކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާ ކަމަށް ވަނީ ބުނެފައެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7 ޖަނަވަރީ 2026 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން އެދެއެވެ. ބީލަމުގައި ބައިވެރިވުމަށް އެ އިދާރާގެ ނަންބަރ 6520043 އަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީއޯކިއު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހަޅަންދާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖަނަވަރީ 2026ގެ ހެނދުނު 10:00 ގައި ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.


